ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުން

ހދ.ނައިވާދޫގައި އަޟްޙާ ޢީދު ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި ޢީދުކުޅިވަރުތައް ރާވާ ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ ރަށަށް ނިސްބަތްވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކްލަބުތަކާއި އަމިއްލަ ފަރާތްތަކަށް މި ރުފުޞަތު ހުޅުވާލަމެވެ.

މި ފުރުލޞަތު ހުޅުވާލުމުން ލިބޭ ޕްރޮޕޯސަލްތަކަށް ބަލާ އެންމެ ރަނގަޅު ހުށަހެޅުންތަކަށް ބިނާކޮށް ޢީދުކުޅިވަރު ރާވާ ހިންގުމަށް އެފަރާތްތަކަށް އެވޯޑްކުރެވޭނެއެވެ. ޢީދު ކުޅިވަރު ހަރަކާތްތައް ރާވާ ހިންގުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ކަންތައްތަކާއި، ޕްރޮޕޯސަލް އިވަލުއޭޓްކުރުމުގައި ބަލާނެ މިންގަނޑު މި ޢިއުލާނާއެކު އެއްކަރުދާސްކޮށް އިއުލާންކުރަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 އޭޕްރީލް 30 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުމަށްފަހު، 2025 މެއި 08 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ނައިވާދޫ ކައުންސިލް އިދާރާގެ މީޓީން ރޫމަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

 

 

ސުންގަޑި

ތަން / ލިންކް

ރަޖިސްޓްރޭޝަން

30 އޭޕްރީލް 2025، 10:00

https://forms.office.com/r/PXi9JF3jyS

ޕްރޮޕޯސަލް ހުށަހެޅުން

08 މެއި 2025، 11:00

ނައިވާދޫ ކައުންސިލް އިދާރާ

 

23 އެޕްރީލް 2025
ހޯދާ