މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރުގައި ކަނޑު އުޅަނދުފަހަރުގެ ލައިސެންސްގެ ޚިދުމަތް ފެށުމަށް އެގްޒަމިނަރަކު ހޯދުމާއި ގުޅޭ

ރ. ހުޅުދުއްފާރުގައި ކަނޑު އުޅަނދުފަހަރުގެ ލައިސެންސް ދިނުމުގެ ޚިދުމަތް ފެށުމަށް އެގްޒަމިނަރަކު ނެގުމަށް ބޭނުންވެއެވެ. އެގްޒެމިނަރއަށް ހަމަޖެއްސުމަށް ބޭނުންވާ ފަރާތަކީ ތިރީގައި މިދަންނަވާ ކަންކަން ފުރިހަމަވެފައިވާ ފަރާތަކަށް ވާންވާނެއެވެ.

  • ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްފަރާތެއް ކަމުގައިވުން (ގިނަ ކެޓަގަރީތައް އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. ޚާއްސަކޮށް ABCDG އޮތުންމުހިންމެވެ.)
  • އަދި ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ނެގިފަހުން މަދުވެގެން 3 އަހަރު ވެފައިވާ ފަރާތެއްކަން ވުން
  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 3 އަހަރު އުޅަނދު ދުއްވުމުގައި ދެމިހުރިފަރާތެއްކަމުގައިވުން

 

ވީމާ، އެގްޒަމިނަރަކަށް ވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، އެގްޒަމިނަރަކަށް ވުމަށް އެދޭ ސިޓީއާއި އައިޑީ ކާޑުގެ ކޮޕީ އަދި ސެޓްފިކެޓްތަކާއި ލައިސެންސްގެ ކޮޕީއާއެކު 2025 އޭޕްރީލް 28 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

23 އެޕްރީލް 2025
ހޯދާ