ދިވެހިރާއްޖެ
އިޢުލާން
ފ.ނިލަންދޫ ކައުންސިލްގެ އައުއިމާރާތާއި ގުޅޭ:
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފ.ނިލަންދޫ ކައުންސިލްގެ އައު އިމަރާތްކުމުރުމަށް ސަބްކޮންޓްރެކްޓެއްގެ ގޮތުގައި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 އެޕްރީލް 23 ން 2025 އެޕްރީލް 29 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން ރެޖިސްޓްރީވުމަށް އެދި ދަންނަވަމެވެ.
މިމަސައްކަތަށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިން 2025 އެޕްރީލް 30 ވަނަ ދުވަހު 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. މިބައްދަލުވުމުގައި މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމާއި އަދި މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި ކުރެހުންތަށް ފޯރުކޮށްދެވޭނެއެވެ.
ނޯޓު: ޕްރީ ބިޑް މީޓިންގްގައި ބައިވެރިވެވޭނީ މަތީގައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.