މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟުހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް

އިޢުލާން

            

                   މާލެ އަތޮޅު ގުރައިދޫ ކައުންސިލް އިދާރާއިން 1446 ވަނަ އަހަރުގެ އަޟުހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ އަޟުހާ ޢީދު ހަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

                   ޕްރޮޕޯސަލް ހުށަހެޅުމަށް އެދޭ ފަރާތްތަކުން 6 މެއި 2025 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި ކައުންސިލުގެ މެއިލް  [email protected]  އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނެވީމެވެ.

                   ޕްރޮޕޯސަލް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 5 މެއި 2025 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

23 އޭޕްރީލް 2025

23 އެޕްރީލް 2025
ހޯދާ