ދިވެހިރާއްޖެ
Bangladesh, BHPI scholarships 2025 |
ބަންގްލަދޭޝްގެ "ބަންގްލަދޭޝް ހެލްތް ޕްރޮފެޝަންސް އިންސްޓިޓިއުޓް" (ބީ.އެޗް.ޕީ.އައި) ސްކޮލަރޝިޕް އިން "މާސްޓަރސް އޮފް ސައެންސް އިން ރިހެބިލިޓޭޝަން ސައެންސް" 9ވަނަ ބެޗްގެ ފުރުސަތު ދިވެހިރާއްޖެއަށް ހުޅުވާލެވިފައިވާކަމުގެ މަޢުލޫމާތު ސާރކް ސެކްރެޓޭރިއަޓްއިންވަނީ އަންގަވާފައެވެ.
މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ. ވީމާ، މި ސްކޮލަރޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އެޕްރީލް2025 ވާ ބުދަ ދުވަހުގެ ބަންގްލަދޭޝްގެ ގަޑިން 17:00ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ކޯސްތަކާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކްތަކުން ލިބެން ހުންނާނެއެވެ.
https://www.bhpi.edu.bd/department/rehabilitation-science-international-program/
އީމެއިލް: [email protected] ގުޅޭނެ ނަންބަރ: +88 (02)224445464-5, +88 01688137848 ............................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަންވާނެއެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަންވާނެއެވެ. |