ދިވެހިރާއްޖެ
ހއ.ބާރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ހިންގުމަށް ހަމަޖެހިފައިވާ އައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި ޕްރޮގްރާމަކީ 1 މަސް ދުވަހުގެ މުއްދަތަށް 02 ބެޗަކަށް ބަހާލައިގެން އުމުރުން 11 އަހަރާއި 15 އަހަރާއި ދެމެދު އަދި 18 އަހަރުންމަތީގެ އަންހެން ބައިވެރިންނަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
އެހެންކަމުން، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޭޕްރީލް 2025 ވަނަ ދުވަހު 12:00ގެ ކުރިން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ނަކަލާއި އައިޑީ ކާޑުގެ ނަކަލް ހިމަނައިގެން ސިޓީ ހުށައެޅުއްވުން އެދެމެވެ. މިކަމަށް ހުށައަޅާ ލިޔުމުގައި ޕްރޮގްރާމް ހިންގައިދެވޭނެ އަގާއި، ހުރުމާއި ކެއުން އަދި ދަތުރުފަތުރުތައް ހިމަނައިގެން ހުށައެޅުއްވުން އެދެމެވެ. އަދި ކޯހުގައި ކިޔަވައިދެވޭނެ ބައިވެރިންގެ އަދަދުވެސް މިލިއުމުގައި ހިމަނަންވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
25 ޝައްވާލް 1446