ދިވެހިރާއްޖެ
ހއ.ބާރަށު ކައުންސިލްގެ އާ އިމާރާތް ޤާއިމުކުރުމުގެ ސިވިލް މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މަސައްކަތާއި ގުޅިގެންދެވޭ ބީ.އޯ.ކިޔު އާއި ކުރެހުންތަކުގެ ތަފްޞީލާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި ބީ.އޯ.ކިޔު އަދި ކުރެހުންތައް ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް މަޢުލޫމާތު ފޮނުވައިގެން ނުވަތަ އިދާރާއަށް ދުރުވެ ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.
ރަޖިސްޓަރ ކުރުމަށް ފޮނުވާ މެއިލްގައި އިޢުލާން ނަމްބަރު، ހުށަހަޅާ ފަރާތުގެ ވިޔަފާރި ރެޖިސްޓްރޭޝަން ނަމްބަރު, ފޯނު ނަމްބަރު އަދި ފޮނުވާ ފަރާތުގެ ނަމާއި މަޤާމު،ހިމަނަންޖެހޭނެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުން. |
29 އޭޕްރިލް 2025 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް. |
ޕްރި-ބިޑް ބައްދަލުވުން. |
29 އޭޕްރިލް 2025 ވަނަ ދުވަހުގެ 11:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގައި.(ޕްރިބިޑް ބައްދަލުވުމުގައި ބައިވެރިނުވިނަމަވެސް ބީލަން ހުށަހެޅުމަށް ރަޖިސްޓަރކޮށްފައިވާނަމަ ބީލަން ހުށަހެޅޭނެއެވެ). |
ބީލަން ބަލައިގަތުމާއި ހުޅުވުން. |
11 މޭ 2025 ވަނަ ދުވަހުގެ 11:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގައި. |
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016،6500172 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.
25 ޝައްވާލް 1446
23 އޭޕްރިލް 2025