ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއަށް ހައިމާކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޮވުމަށް

                  މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ހައިމާކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށްފަހު، މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި

2025އޭޕްރީލް 30 ވާ ބުދަ ދުވަހުގެ 13:00 ގެކުރިން (ބީލަމުގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅުއްވުން)

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެއެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑި

2025 މޭ 5 ވާ ހޯމަ ދުވަހުގެ 13:00 ގައި

ބީލަން ހުޅުވުން

2025 މޭ 5 ވާ ހޯމަ ދުވަހުގެ 13:05 ގައި

ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

                މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބަންދުނުކޮށް ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.

                މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

20 އެޕްރީލް 2025
ހޯދާ