ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނަ އަހަރު ވިލުފުށީ ޕްރީސްކޫލް ދަރިވަރުން ރަޖިސްޓްރީކުރުމަށް ގުޅޭ
2025 ވަނަ އަހަރަށް ވިލުފުށީ ޕްރީސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީ އަށް ދަރިވަރުން ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ 2025 އޭޕްރިލް 23 ން 2025 މޭ 08 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00 އަށެވެ. ކުދިން ރަޖިސްޓްރީ ކުރެވޭނެ އުމުރުފުރާގެ ތަފްސީލް ތިރީގައި އެވަނީއެވެ.
ގްރޭޑް |
އުމުރުފުރާ |
ބޭބީ ނާސަރީ |
2024 ޑިސެންބަރު 31 ށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން |
ނާސަރީ |
2024 ޑިސެންބަރު 31 ށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.
22 އެޕްރީލް 2025
ހޯދާ