ދިވެހިރާއްޖެ
މި އިޢުލާންވަނީ 28 އެޕްރީލް 2025 10:15 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ކައުންސިލް އިދާރާއާއި އިޖުތިމާއީ މަރުކަޒު ގޯތިތެރޭގައި ހުރި ބައުތަކެތި ނީލަން ކިޔުން 28 އޭޕްރީލް 2025 ވަނަ ދުވަހު 13:00 ގައި އޮންނާނެއެވެ. ނީލަން ކިޔޭ ތަކެތީގެ ތެރޭގައި ފަރުނީޗަރާއި، އިލެކްޓްރޯނިކް ތަކެއްޗާއި، ހިފާ ގެންގުޅޭ ތަކެތި ހިމެނެއެވެ. ނީލަމުގައި ބައިވެރިވެވޭނީ ނީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ނީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކުން ރަޖިސްޓްރީ ފީގެ ގޮތުގައި -/50ރ ދައްކަން ޖެހޭނެއެވެ. ނީލަމުގައި ރަޖިސްޓްރީވުމުގެ މުއްދަތަކީ 27 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ 14:00 އާއި ހަމައަށެވެ. ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް ރަޖިސްޓްރީ ފޯމާއެކު މިއިދާރާގެ ކައުންޓަރަށް ނުވަތަ [email protected] ހުށަހަޅަންވާނެއެވެ. ނީލަމުން ނެގޭތަކެތި ފައިސާ ދައްކާ ޚަލާޞް ކުރުމަށްފަހު ތިންދުވަސް ތެރޭގައި ގެންދަންވާނެއެވެ. އަދި ނީލަމުން ނެގި ތަކެތި ގެންދަވާއިރު ތަކެތީގެ މަޢުލޫމާތާއި ފައިސާ ދެއްކި ރަސީދު އެވަގުތެއްގައި ސެކިއުރީ ބަލަހައްޓަމުންދާ އޮފިސަރަކަށް ދައްކަންވާނެއެވެ. އިތުރު މަޢުލޫމާތު 6801022،7291515 ގުޅުއްވައިގެން ސާފުކުރެވޭނެއެވެ. މި އިއުލާނާއިއެކު ނީލަމުގައި ބައިވެރިވުމުގެ ރަޖިސްޓްރީފޯމް އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
- އެކައުންޓް ނަންބަރ: 7707700315001 1450 ރެވެނިއު 01
- ރަޖިސްޓްރީ ފީ: -/50 ( ފަންސާސް ރުފިޔާ )
- ސްލިޕް ވައިބަރ ކުރުމަށް: 7291515
- ނީލަން ކިޔުން ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ ތެރޭގައި ފެށޭނެއެވެ. ފުރަތަމަ ނީލަން ކިޔުން ކުރިއަށްދާނީ ކައުންސިލް އިދާރާގައި ހުރި ތަކެއްޗެވެ . އެއަށްފަހު ކުރިއަށްދަނީ އިޖުތިމާ މަރުކަޒުގައި ހުރި ތަކެއްޗެވެ. ނީލަން ކިޔުން ކުރިއަށްދާނެ ގޮތާބެހޭ މަޢުލޫމާތު ނީލަން ކިޔުން ފެށޭތާ ފުރަތަމަ ދިހަ މިނިޓްތެރޭގައި ހިއްސާކުރެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.