ދިވެހިރާއްޖެ
(IUL)403-A/403/2025/53 :ނަންބަރު
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ލ.މާމެންދޫ ރައްޔިތުންގެ ގެސްޓްހައުސް އާ ކުޑަކުދިންގެ މައިޒާން ކުނިކަހާ ސާފުކުރުމުގެ މަސައްކަތްތައް، މީލާދީ 2 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ހުށަހެޅޭނެ އެންމެ މަތީ އަގަކީ މީލަދީ މަހަކަށް 2,800.00 (ދެހާސް އަށްސަތޭކަ) ރުފިޔާ އެވެ.
| 
 ތަފްޞީލް  | 
 ދުވަސް  | 
 ތަން  | 
|
| 
 ބީލަމުގައި ރަޖިސްޓްރީވުން  | 
 30 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ 13:00 އާއި ހަމައަށް  | 
 ލ.މާމެންދޫ ކައުންސިލް އިދާރާ  | 
|
| 
 މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  | 
 މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.  | 
||
| 
 ބީލަން ހުށަހެޅުން  | 
 5 މޭ 2025 (ހޯމަ)  | 
 11:30 ގައި  | 
 ލ.މާމެންދޫ ކައުންސިލް އިދާރާ  | 
މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 4 މޭ 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނި
ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. ބީލަން ފޮތް 23 އޭޕްރީލް 2025 ވާ ބުދަ ދުވަހުން ފެށިގެން 4 މޭ 2025 ވާ އާދިއްތަ
ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.
* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ
* އީމެއިލް: [email protected]
* ފޯން: 6800705
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
24 ޝައްވާލު 1446ހ
