ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ)، ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް 1) އަދި ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް 2) ގައި 2025 ވަނަ އަހަރުގެ 1 ވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެފައިވާ ޙިފުޡު ކުލާސްތަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ކުލާސް ތަކުގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.
| ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ) | ޖާގަ | 
| ހެނދުނު | 50 | 
| ހަވީރު | 50 | 
| ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް 1) | ޖާގަ | 
| ހެނދުނު | 30 | 
| މެންދުރުފަސް | 10 | 
| ހަވީރު | 10 | 
| ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް 2) | ޖާގަ | 
| މެންދުރުފަސް | 20 | 
| ހަވީރު | 20 | 
ހިފްޡް ކުލާސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު، މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ގޫގުލް ފޯމް ( https://forms.gle/TeJwpUtcWGZzyHVa9 ) 30 އޭޕްރީލް 2025 ގެ 12:30 ގެ ކުރިން ފުރިހަމަ ކުރެއްވުން އެދެމެވެ. ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ކުލާސްތަކަށް ދަރިވަރުން ނެގޭނީ ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށްފަހުގައެވެ. އިންޓަރވިއު ކުރުމަށް ހަމަ ޖެހިފައިވަނީ 04 މޭ 2025 އިން 08 މޭ 2025 އާއި ދެމެދު އެވެ.
 
                    