ދިވެހިރާއްޖެ
އިޢުލާން
ކުރިއަށްއޮތީ 1446 ވަނަ އަހަރުގެ އަޟުހާ ޢީދު ބަންދު ދުވަސްތައްކަމަށްވާތީ، މިދުވަސްވަރަކީ ރަށުންބޭރުން ގިނަ ފަރާތްތަކެއް ރަށަށް ޒިޔާރާތްކުރާ ދުވަސްވަރަކަށް ވާތީވެ، ދުއްވާ ތަކެއްޗަށް އުނދަގޫވާގޮތަށްހުރި ރުއްގަސްތައް ބިމުން ފެށިގެން 8 ފޫޓަށް ކޮށައިދިނުމަށާއި، އަދި ބައްތި ދަނޑިތަކުގެ ތެރެއަށް ވަދެފައިވާ ރުއްގަސް އެ ބައްތި ދަނޑިތަކުން ރީތިކޮށް މަގަށް އަލިވާގޮތަށް، 6 މެއި 2025 ވާ އަންގާރަ ދުވަހުގެ ކުރިން ކޮށައިދިނުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ. އަޟުހާ ޢީދުގައި ވަރަށް ގިނަބަޔަކު ރަށަށް ޒިޔާރަތްކުރާއިރު، ރަށުގެ ސާފް ތާހިރުކަން ފެންނާނީ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދެއްވައި މަސައްކަތް ކޮށްދީގެން ކަމުގައި ދެންނަވަމެވެ.
އަދި މިމުއްދަތުގެ ތެރޭގައި ނުކޮށާހުންނަ ގަސްގަހާމެދު ހަމަޖެހިފައިވާ އުސޫލުން އަމަލް ކުރަމުން ދާނެވާހަކަ ރައްޔިތުންގެ ސަމާލްކަމައްޓަކައި އަންގައި އިޢުލާން ކުރީމެވެ.
23 ޝައްވާލު 1446