ވާދޫ ޖަމާލުއްދީން ސްކޫލް، ގދ. ވާދޫ
ދިވެހިރާއްޖެ
ސީލިންގް ފަންކާ ސަޕްލައިކޮށް އަޅުވައިދިނުން

                މިސްކޫލުގެ ބައެއް ކުލާސްރޫމް ތަކުގައި ހަރުކޮށްފައިވާ ފަންކާ ނައްޓާ އަލުން އާ ފަންކާ އަޅުވާދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވަތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމަށާއި މަސައްކަތްކުރާ ސައިޓު ދެއްކުމަށް ބޭއްވޭ ބައްދަލުވުން 29 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 11:30 ގައި ވާދޫ ޖަމާލުއްދީން ސްކޫލުގައި އޮންނާނެއެވެ.

            ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން 6 މެއި 2025  ވާ އަންގާރަ ދުވަހުގެ 11:30 ގައި އޮންނާނެއެވެ.

                  އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މި ސްކޫލަށް ހުށަހަޅަންވާނެއެވެ.

                  މި ޢިއުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާ ނަމަ 5 މެއި 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ސްކޫލުގެ ނަންބަރ 7983084 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

22 އެޕްރީލް 2025
ހޯދާ