މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް
ދިވެހިރާއްޖެ
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގައި ހަދަމުންގެންދާ 2 މީޓީން ރޫމް، އެގްޒެކެޓިވް ރޫމްގެ އިންޓީރިއަރ އަދި ފަރުނީޗަރ ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ  ވުޒާރާގައި ހަދަމުންގެންދާ 2 މީޓީން ރޫމް، އެގްޒެކެޓިވް ރޫމްގެ އިންޓީރިއަރ އަދި ފަރުނީޗަރ ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު  ނަންބަރު:  (IUL)494-CDS6/494/2025/28  އިޢުލާން  ބާތިލް ކުރެވިފައިވާތީ އަލުން އިޢުލާނުކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭ ގޮތަށް އެއްކަރުދާސް ކޮށްފައި ހުންނާނެއެވެ.

      ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ޕަބްލިކް ވާރކްސް ޑީޕާޓްމަންޓްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މައުލޫމާތު ސެޝަން ނިމުމަށްފަހު މަސއްކަތް ކުރުމަށް ހަމަޖެހިފައިވާ ސައިޓްތަކަށް ދިއުމަށްވަނީ ހަމަޖެހިފައެވެ.

އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 29 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެކުރިން [email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ

 

    ބީލަން ހުށަހަޅާނީ 30 އެޕްރިލް 2025 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ޕަބްލިކް ވާރކްސް ޑީޕާޓްމަންޓްއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ހުޅުވުމަށްހަމަޖެހިފައިވަނީ 30 އެޕްރިލް 2025 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ޕަބްލިކް ވާރކްސް ޑީޕާޓްމަންޓްގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

                               21 ޝައްވާލް  1446 ހ.

                               22 އޭޕްރިލް 2025 މ.

22 އެޕްރީލް 2025
ހޯދާ