ދިވެހިރާއްޖެ
މިސްކޫލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް އޭ ބްލޮކްގެ 9 ކްލާސްރޫމްގެ 36 ފަންކާ ބަދަލުކޮށް ކަރަންޓް ވައިރުއަޅައި ކްލާސްތަކަށް ދިމާވާ ކަރަންޓް މައްސަލަ އަމިއްލަތަކެތީގައި ހައްލުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 އޭޕްރީލް 2025އިން 30 އޭޕްރީލް 2025އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ.
ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 05 މެއި 2025ވާ ހޯމަ ދުވަހުގެ 11:00ގައި މިސްކޫލްގެ ކޮންފެރެންސް ރޫމްގައެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08 މެއި 2025ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
2- ރަޖިސްޓްރީ ނަންބަރު.
3- އީމެއިލް އެޑްރެސް.
4- ގުޅޭނެ މޯބައިލް ނަންބަރު.
ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 14 މެއި 2025ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މިސްކޫލްގެ ކޮންފެރެންސް ރޫމްގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝަރަފުއްދީން ސްކޫލް
ހިތަދޫ، އައްޑޫ
ފޯން: 7030-688
އީ-މެއިލް: [email protected]