ދިވެހިރާއްޖެ
މާލެހިޔާ 1 ގެ ހުޅަނގުފަރާތު ގްރައުންޑް ފްލޯ، ކަރަންޓް މީޓަރ ރޫމު ކައިރީގައި ހުރި ޝަޓާ ދޮރުލީ ގުދަން ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަކާއި، މާލޭ ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއް ހަދާފައިވާނަމަ އެ އެއްބަސްވުމުގެ ކޮޕީއާއި އެކަމާއި ގުޅޭ ލިޔެކިޔުންތައް 08 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުމަށް ދެންނެވީމެވެ.
މާލެހިޔާ 1 ގެ ހުޅަނގުފަރާތު ގްރައުންޑް ފްލޯގައި ހަދާފައިވާ ޝަޓާ ދޮރުލީ ގުދަނުގައި އެއްވެސް އެއްޗެއް ބަހައްޓާފައިވާ ފަރާތެއްވާނަމަ އެކަން މަތީގައި ދެންނެވުނު ތާރީޚުގެ ކުރިން މި ކައުންސިލަށް އަންގަވައިދެއްވާ، އެފަދަ ތަކެތި އެ ގުދަނުން ނަންގަވައި އެތަން މި ކައުންސިލާއި ހަވާލުކޮށްދެއްވުމަށް ދެންނެވީމެވެ.
މަތީގައި ދެންނެވުނު މުއްދަތު ހަމަވާއިރު، އެފަދަ އެއްވެސް މަޢުލޫމާތެއް މި ކައުންސިލަށް ހުށަހަޅާފައި ނުވާނަމަ އެ ގުދަން މި ކައުންސިލުގެ ބެލުމުގެ ދަށަށް ގެންނާނެ ވާހަކަ ދެންނެވީމެވެ. އެގޮތުން މިކައުންސިލުގެ ބެލުމުގެ ދަށަށް ތަން ގެނެސް ސާފު ކުރުމުގެ މަސައްކަތް ކުރާއިރު އެތަނުގައި ބަހައްޓާފައިވާ ތަކެއްޗަށް ލިބޭ ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަ ދެންނެވީމެވެ. އަދި އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ