ދިވެހިރާއްޖެ
FSM-ADV-/2025/054
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮފިސަރ، އެމްޕްލޯއީ ރިލޭޝަންސް |
ޑިޕާޓްމަންޓް/ސެކްސަން: |
ހިއުމަން ރިސޯސަސް |
ބޭނުންވާ ޢަދަދު: |
01 |
މަސްޢޫލިއްޔަތު: |
- މުވައްޒަފުންގެ ޝަކުވާ ބެލެހެއްޓުން - ސިޔާސަތަށް ތަބާވާކަން ކަށަވަރުކުރުން - ތަހުގީގުތައް ހިންގުމާއި، ބަޔާން ނެގުމާއި، ރިޕޯޓާއި ޔައުމިއްޔާ ލިޔުން - ލިޔެކިޔުންތައް ބެލެހެއްޓުން - ހިއުމަން ރިސޯސަސްއާއި ގުޅުންހުރި އެހެނިހެން މަސައަކަތްތައް |
ޝަރުތުތައް: |
- ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން. - މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. - މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން. |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
މަޤާމް: |
ބާރޖް ކްރޫ |
ބޭނުންވާ ޢަދަދު: |
01 |
ޝަރުތުތައް: |
- ފަޅުވެރިންގެ ކޯސް ފުރިހަމަކޮށްފައިވުން އަދި ތިރީގައި ބަޔާންކޮށްފައިވާ ކޯސްތައް ފުރިހަމަކޮށްފައިވުން
- މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން - ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން - ގިނަ ވަގުތު މަސައްކަތުގައި އުޅޭ މީހެއްކަމުގައިވުން
|
މަސައްކަތުގެ ބާވަތް: |
- ބާރޖް ކްރޫއެއްގެ ދުވަހުން ދުވަހަށް އަދާކުރަންޖެހޭ މަސައްކަތް ފުރިހަމަކުރުން - ކާގޯ ޑެލިވަރީގައި އެހީވެދިނުން - ކާގޯ ޑެލިވަރީ ކުރުމުގައި ދިމާވާ މައްސަލަތައް ބާރޖް ކެޕްޓަންއާއި ގުޅިގެން ހައްލުކުރުމަށް މަސައްކަތްކުރުން - ކެޕްޓަން ޙަވާލުކުރާ މަސްއޫލިއްޔަތެއް އަދާކުރުން |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ލޮޖިސްޓިކް ޑިޕާޓްމަންޓް / ބާރޖް |
މަޤާމް: |
ލޭބަރ |
ޑިޕާޓްމަންޓް/ސެކްސަން: |
އެންޖިނިއަރިންގ |
ބޭނުންވާ ޢަދަދު: |
02 |
ޝަރުތުތައް: |
- މަޤާމާގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން - ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެއު ސިއްހަތެއްގައި ހުރުން - މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. |
ވަޒީފާގެ މައިގަނޑު މައްސޫލިއްޔަތު: |
- ގޯ ޑައުން މަސައްކަތްތައް ކުރަން - ސްޓޮކާއި ގުޅުންހުރި ހުރިހާ ތަކެއްޗަށް އެހީތެރިވުމާއި، އިންވެންޓްރީ ބެލެހެއްޓުން - ވޯކް ސްޓޭޝަން ސާފުކޮށް އިންތިޒާމުކުރުން |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެފް. އެސް. އެމް ބޯޓްޔާރޑް - އެންޖިނިއަރިންގ ގޯޑައުން |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 26 އޭޕްރިލް 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
22 އޭޕްރިލް 2025