ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލި ބީޗު ( އޮޅުވެލިފުށީ ޕިކުނިކު ބީޗު) ތަރައްޤީ ކުރުން

ވެލި ބީޗު ( އޮޅުވެލިފުށީ ޕިކުނިކު ބީޗު) ތަރައްޤީ ކުރުން

 

      އޮޅުވެލިފުށީ ޕިކުނިކު ބީޗުކަމުގައިވާ  ވެލި ބީޗުގައި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އިތުރު ވަސީލަތްތައް ޤާއިމުކޮށް ވެލި ބީޗު އިތުރަށް ތަރަށްޤީކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

1-      މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2-      ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 22 އެޕްރީލް 2025 ން ފެށިގެން 28 އެޕްރީލް 2025  ގެ  13:00 ގެ ނިޔަލަށެވެ. ރަޖިސްޓުރީކުރެއްވުމަށް ބީލަމުގައި ރަޖިސްޓަރ ވުމަށްއެދޭ ފޯމް ފުރުއްވާ  ކައުންސިލްގެ މެއިލް އެޑްރެސް:[email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ފޯމް މި އިދާރާގެ ކައުންޓަރުން އަދި އިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ.

 

ބީލަން ހުށަހެޅުން

 

ތާރީޚް:

ދުވަސް

ވަގުތު

ތަން

06 މޭ  2025

އަންގާރަ

11:00

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާ

 

 

 

ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް ހީރަސްކުރެވިފައިވާނެއެވެ.

 

22 އެޕްރީލް 2025

22 އެޕްރީލް 2025
ހޯދާ