ދިވެހިރާއްޖެ
ބަނދަރުގައި ތްރީފޭސް ކަރަންޓް ނެގޭގޮތަށް ޑިސްޓްރިބިއުޝަން ފޮށި ބެހެއްޓުން
މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މިރަށު ބަނދަރުގައި ތްރީފޭސް ކަރަންޓް ނެގޭގޮތަށް ޑިސްޓްރިބިއުޝަން ފޮށި ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑި |
2025 މޭ 04 ވާ އާދީއްތަ ދުވަހުގެ 13:00 ގައި |
ބީލަން ހުޅުވުން |
2025 މޭ 04 ވާ އާދީއްތަ ދުވަހުގެ 13:05 ގައި ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި |
މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބަންދުނުކޮށް ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.
22 ޝައްވާލް 1446
20 އޭޕްރީލް 2025