ދިވެހިރާއްޖެ
އިޢުލާން
މިހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓް މަރާމާތު ކުރުން
މިހޮސްޕިޓަލުގައި ޚިދުމަތް ދެމުންގެންދާ ޑެންޓަލް ޑިޕާޓްމަންޓް، ސްޓަކްޗަރަލް ބަދަލުތަކާއިއެކު ތަރައްޤީ ކުރުމަށް ބޭނުންވާ އެންމެހާ މަރާމާތުތައް ކުރުމަށް ބޭނުންވެ، ކުރެވުނު އިޢުލާން ނަންބަރު:TENDER/URH/2025/11 އާއި ގުޅިގެން، ހުށައެޅުއްވި އަންދާސީ ހިސާބުތައް އެކަށީގެންވާ މިންވަރަށްވުރެން ބޮޑުކަމަށް ފެންނާތީވެ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ރަޖިސްޓްރީކުރައްވާ، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް) ތާރީޚް: 2025 އޭޕްރީލް 22 ން 30 އަށް. އީމެއިލް: [email protected] ފޯނު ނަންބަރ: 6583007 ރެޖިސްޓްރޭޝަން ލިންކް: https://forms.gle/1MVQDRHsDTpzxmTJ7 |
މައުލޫމާތު ސާފުކުރުން |
ތާރީޚް: 2025 މޭ 04 ވާ އާދިއްތަ ދުވަހު ގަޑި: 13:00 (މެންދުރުފަހު) ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް |
އަންދާސީ ހިސާބު ހުށައެޅުއްވުން |
ތާރީޚް: 2025 މޭ 08 ވާ ބުރާސްފަތި ދުވަސް ގަޑި: 13:00 (މެންދުރުފަހު) ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް |
މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓާއި، އެހެން ލިޔެކިއުންތައް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. އަދި މިޓެންޑަރއަށް ނަންނޯޓްނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
24 ޝައްވާލް 1446