| އިޢުލާން | 
| މަގާމު | އޮން ދަ ޖޮބް ޓްރެއިނީ ގްރޭޑް 2 (ކޮންޓްރެކްޓް / 2 އަހަރު) | 
| ބޭނުންވާ ޢަދަދު | 01 (އެކެއް) | 
| މުސާރަ | މަހަކު މަސައްކަތުގެ އުޖޫރައިގެ ގޮތުގައި -/4000 ރުފިޔާ، ފީލްޑް އެލަވަންސްގެ ގޮތުގައި -/1000ރުފިޔާ އަދި މިނިމަމް ވޭޖް އެލަވަންސް -/ 2280 ރުފިޔާ | 
| މަސައްކަތް ކުރަންޖެހޭ ތަން | ނޭޝަނަލް ޑްރަގް އޭޖެންސީ (ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ، ޏ.ފުވައްމަލަށް) | 
| އާދައިގެމަތިން މަސައްކަތްކުރަންޖެހޭ ގަޑިތައް | ހަފްތާގެ 6 ދުވަހު ކޮންމެ 24 ގަޑިއަކުން ޑިއުޓީ އުޞޫލުން ކަނޑައެޅޭ 7 ގަޑިއިރު | 
| ވަޒީފާގެ އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު |   
އޮންދަ ޖޮބް ޓްރެއިނީ 2އެއްގެ ގޮތުން މަސައްކަތް ކުރާ މަރުކަޒެއްގައި ޙަވަލުކުރެވޭ މަސައްކަތް ކުރުން.ޕްރޮގްރާމްގެ ތެރެއިން ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ރެސިޑެންޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.ފެސިލިޓީގައި ހިންގޭ ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވުމާއި، އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ޙަވާލުވެފައިވާ ފަރާތްތަކުން އަންގާ ކަންތައްތައް އަންގާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.ތަން ހިންގުމަށާއި މުވައްޒަފުން އަމަލުކުރުމަށް ހެދިފައިވާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން. | 
| ވަޒީފާގެ މުއްދަތު | 1. ކޮންޓްރެކްޓް އުޞޫލުން 2 އަހަރު (ދޭއް) ، ފުރަތަމަ 3 މަސް ދުވަހަކީ ޕްރޮބޭޝަން 3 މަސް ދުވަސްކަން، ޕްރޮބޭޝަން 3 މަސް ދުވަސް ހަމަވުމުން މަސައްކަތަށް ރަނގަޅުނަމަ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ބާކީ އޮތް 1 އަހަރާއި 9 މަސްދުވަހަށް ކޮންޓްރެކްޓް ކުރިޔަށް ގެންދެވޭނެއެވެ. | 
| މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް | 
އެން.ޑީ.އޭ ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހެދިފައިވާ އެންމެހާ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުންމިހާރު މަސްތުވާތަކެތި ބޭނުން ނުކުރާ މީހެއްކަމުގައިވުން.ގަޑިއަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ކަނޑައެޅިފައިވާ ގަޑިއަށް އޮފީހަށް ޙާޟިރުވުން.އެން.ޑީ.އޭ އިން ކުޑަކަމުދާ ތަކެތި ތަހުލީލް ކުރަން ބޭނުންވެއްޖެ ހިނދެއްގައި ކުޑަކަމުދާ ތަކެތި ނެގުމުގެ ފުރުޞަތު ދޭންވާނެއެވެ.ވަޒީފާ ދެވޭ ފަރާތާއި އެން.ޑީ.އޭ އާއި ދެމެދު ހެދޭ ކޮންޓްރެކްޓަށް ޙުރުމަތްތެރިކޮށް ހިތުންވަޒީފާގެ ސިއްރު ހިފެހެއްޓުންހަވާލުކުރެވޭ މަސައްކަތް ލަޔާގަތާއި ޤާބިލްކަން ހުރިމިންވަރަކުން ދުވަހުން ދުވަހަށް ނިންމަވަންވާނެއެވެ. | 
| ފެންވަރު ނުވަތަ ޝަރުތު | ތައުލީމީ ފެންވަރު: 
ގްރޭޑް 7 ނިންމާފައިވުން ނުވަތަ މިދާއިރާއިން ލެވެލް 03 ގެ ސެޓްފިކެޓެއް އޮތުން ނުވަތަމިދާއިރާއާއި ގުޅޭ (އެން.ޑީ.އޭއިން) ކުރިއަށްގެންދާ ތަމްރީނެއް (48 ގަޑިއިރު / 2 ދުވަސް) ފުރިހަމަކޮށްފައިވުން ނުވަތައައުޓް ރީޗް ވޯކަރއެއްގެ ގޮތުގައި މަދުވެގެން 01 (އެކެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ އޮންދަރ ޖޮބް ޓްރެއިނީ ގްރޭޑް1 މަޤާމުގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއިއެކު މަސައްކަތުގެ ޕާރފޯމަންސްއިން %85 އިންސައްތަ މަތިން މާރކްސް ލިބިފައިވުން. މީގެ އިތުރުން ތިރީގައި މިދަންނަވާ ކަންތައްތަކަށް އިސްކަންދެވޭނެއެވެ.  
އެހެންމީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.އަހުލާގް ރަނގަޅު، ޒިންމާދާރު އަދި ނަމޫނާ މިސާލު (ރޯލް މޮޑެލް) ދެއްކޭ މީހެއް ކަމުގައިވުން.ރަނގަޅު ސިއްހަތެއްގައި ހުރި މީހަކަށްވުމާއި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް | 
މި މަގާމަށް އެދި ހުށަހަޅާ ސިޓީވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރުވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް" ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް"ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެގެން އޮންނަންވާނެއެވެ.) | 
| އިތުރު މަޢުލޫމާތު | މިވަޒީފާއަކީ މަސްތުވާ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ބޭނުންވެގެން ފަރުވާ ފުރިހަމަކޮށްފައިވާ ނުވަތަ މަސްތުން ސާފުވުމަށްފަހު އެފަދަ އެހެން ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. | 
| 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |    | 30 އެޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ 13:00އަށް މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް މެއިލްކުރައްވާނީ [email protected]އަށެވެ. | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރަކީ 3039016 އެވެ.                                  |