މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ. ގުރައިދޫ ޙާއްސަ އެޙީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ 3 ޑޯރ (ސްލައިޑިންގ) ޑިސްޕްލޭ ފްރިޖެއް ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

      އިޢުލާން

 

ކ. ގުރައިދޫ ޙާއްސަ އެޙީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ 3 ޑޯރ (ސްލައިޑިންގ) ޑިސްޕްލޭ ފްރިޖެއް ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުން ފެށިގެން 30 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 06 މެއި 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

22 އެޕްރީލް 2025
ހޯދާ