ދިވެހިރާއްޖެ
ގދ. ފިޔޯރީ ހުވަދުމާގެ އިރަށް އޮތްބިން ކުޔަށް ދިނުމަށް ކައުންސިލްގެ 2025 ވަނަވަނަ އަހަރުގެ 07 ވަނަ އާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ. ބިމުގެ ތަފްސީލް ތިރީގައިވަނީއެވެ.
ބިމުގެ މުއްދަތު: 10 އަހަރު
ބިމުގެ ބޮޑުމިން: 6500 އަކަފޫޓް
ދޫކުރުމަށް ނިންމާފައިވާ ބިމުގެ އަދަދު: 01
ގްރޭސްޕީރިއަޑް: 6 މަސް
އެންމެ ކުޑަ ކުލި: 25 ލާރި (އަކަފޫޓަކަށް)
ވީމާ، ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އެޕްރީލް 2025 ވާހޯމަ ދުވަހުގެ 13:00 ކައުންސިލްގެ އިދާރާއަށް ވަޑައިގެން ބިމުގައި ކުރަން ގަސްދުކުރާ މަސައްކަތް އިގޭނެހެން އަގު ލިޔުމުން ހުށައެޅުމަށް ދަންނަވަމެވެ. ބީލަން އިވަލުއޭޓް ކުރުމުގައިބަލާނީ އެންމެ ބޮޑު ކުއްޔަށެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 24 އެޕްރީލް 2025 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލް އަށް ފޮނުވޭ ސުވާލު ތަކުގެ ޖަވާބު 26 އެޕްރީލް 2025 ވާއާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެ ފަރާތްތަކުގެ މެއިލް އަށް ފޮނުވޭނެ އެވެ.
ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 28 އެޕްރީލް 2025 ވާހޯމަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
އިތުރުމަޢުލޫމާތު
ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
ފޯން: 4002625
އީމެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އަންގުމަށްޓަކައި އިއުލާން ކުރީމެވެ.
21 އެޕްރީލް 2025