ދިވެހިރާއްޖެ
މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ހިންގާ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ސެމީ-އޮޓޮމޭޓެޑް ބަޔޯކެމިސްޓްރީ އެނަލައިޒަރ "ރީއެޖެންޓް ރެންޓަލް ބޭސިސް" އަށް ފޯރުކޮށްދީ، މި މެޝިންތަކަށް ބޭނުންވާ ކޮންސިއުމަބަލްސް އާއި ރީއެޖެންޓްސް ހޮސްޕިޓަލަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނެކެވެ. ގެޒެޓް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްކަރުދާސް ކުރެވިފައިވާ އެނެކްސް 1 ގައި ބަޔާންކޮށްފައި އެވަނީ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ސެމީ-އޮޓޮމޭޓެޑް އެނެލައިޒަރގެ ސްޕެސިފިކޭޝަންއެވެ. މި އެނަލައިޒަރތައް އިންސްޓޯލު ކުރުމަށް ހަމަޖެހިފައިވަނީ ހދ އަތޮޅުގެ މަކުނުދޫ ޞިއްޙީ މަރުކަޒު، ނޭކުރަންދޫ ޞިއްޙީ މަރުކަޒު، ވައިކަރަދޫ ޞިއްޙީ މަރުކަޒު އަދި ނޮޅިވަރަން ޞިއްޙީ މަރުކަޒުގައެވެ.
ވީމާ، މި މަސައްކަތް ކުރުމަށް މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް https://forms.gle/BRGq5V3gUjRMNkWd9 މެދުވެރިކޮށް 22 އެޕްރީލް 2025 ވާ އަންގާރަ ދުވަހުން ފެށިގެން 5 މެއި 2025 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
- ފޯމު ފުރިހަމަ ކުރެއްވުމުން ކޮންފޮމޭޝަން މެސެޖް އީ-މެއިލްގެ ޒަރީއާއިން ލިބި ނުލައްވާނަމަ، ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު /65216656524029 އަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާނަމަ 22 އެޕްރީލް 2025 ވާ އަންގާރަ ދުވަހުން ފެށިގެން 6 މެއި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު، އީ-މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި ބީލަމާއި ގުޅުންހުރި ލިޔެކިޔުންތައް ގެޒެޓްގައި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން
- ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 20 މެއި 2025 (އަންގާރަ)
- ގަޑި: 11:00 ގައި