ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީ ހިތަދޫ އަލަށް އާބާދުވާ ( މާމެންދޫ ) ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއާއި ގުޅޭ
އައްޑޫސިޓީ ހިތަދޫގައި އަލަށް އާބާދުވާ ( މާމެންދޫ ) ސަރަޙައްދުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ނަރުދަމާ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށްޓަކައި ގޭގެ ވެރިފަރާތުން ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 22 އެޕްރީލް 2025 އިން ފެށިގެން 22 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.
އެޕްލިކޭޝަން ހުށަހެޅުމުގައްޔާއި، ބަލައިގަތުމުގައި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރާނީ މިކަމަށްޓަކައި މިހާރު ޢަމަލު ކުރެވެމުންދާ ޤަވާޢިދު ނަންބަރު 2020/R-10 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާއާއި އެއްގޮތަށެވެ. އަދި ފީއަކާއި ނުލައި ފެން މީޓަރާއި ނަރުދަމާގެ ޖަންކްޝަން ގުޅައިދިނުމުގައި ޢަމަލުކުރާނީ މިޤަވާއިދުގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ. ފޯމް ބަލައިގަތުމާއި، ލިސްޓް ފައިނަލް ކުރުމުގައި އަދި ކަނެކްޝަންގެ ޢަދަދު ނިންމުމުގައިވެސް ޢަމަލު ކުރާނީ މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދޭފޯމް 22 އެޕްރީލް 2025 ( މާދަމާ ) ހެނދުނު 10:00 އިން ފެށިގެން ހިތަދޫ އަވަށު އޮފީހުގެ ކައުންޓަރ އިން އަދި ކައުންސިލް އިދާރާގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.
އައްޑޫސިޓީ ހިތަދޫ ގައި އަލަށް އާބާދުވާ ފަރާތްކަތުން ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދޭފޯމް މާދަމާއިން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށް ހިތަދޫ އަވަށު އޮފީހުގެ ކައުންޓަރ އިން ބަލައި ގަތުމަށް ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 ޝައްވާލު 1446
21 އެޕްރީލް 2025