ދިވެހިރާއްޖެ
އިޢުލާނު
ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއާއި ބެހޭ
މި އިދާރާގެ ނަންބަރު: (IUL)353/353/2024/108 އިޢުލާނުން ނަރުދަމާގެ ކަނެކްޝަން ދީފައިވާ ހުރިހާ ގޭގޭގައި 2x2 ފޫޓުގެ ކުޑަ ޖަންކްޝަނެއް ރޭނުމަށްފަހު ސްޓެލްކޯއަށް އަންގައި ނަރުދަމާ ގުޅައި ނިންމުމަށް އަންގާފައިވީ ނަމަވެސް މިހާތަނަށް ޖަންކްޝަން ރާނައި ސްޓެލްކޯއަށް ދައްކާފައި ވަނީ ވަރަށް މަދު ގޭގެއަކުންނެވެ. އެހެންކަމުން 24 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން ޖަންކްޝަން ރޭނުމަށްފަހު ސްޓެލްކޯއަށް އަންގައި ސްޓެލްކޯގެ ހުއްދައާއެކު ނަރުދަމާ ހޮޅިގުޅައި ނިންމުމަށް އަންގަމެވެ.
ނަންބަރު: 8/2020 "ފެނާއި ނަރުދަމާގެ ޤާނޫނު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނަރުދަމާގެ ނިޒާމު ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައިވާ ރަށްރަށުގައި، ބިމަށާއި، މޫދަށް ނަޖިހާއި ނަޖިސްފެން ދޫކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. އެހެންކަމުން 24 މެއި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން މަގުތަކުގައި ހުރި މޫދަށް ގުޅާފައިވާ ޖަންކްޝަންތަކަށް ފަސްލައި ބަންދުކުރުމުގެ މަސައްކަތް ކައުންސިލުން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާތަނަށް ކަނެކްޝަން ދީފައިނުވާ ގޭގެއިންނާއި އެހެނިހެން ތަންތަނުން ސްޓެލްކޯއަށް ފޯމު ހުށަހަޅުއްވައި ކަނޑައެޅިފައިވާ މުއްދަތުގައި ނަރުދަމާ ހޮޅި ގުޅައި ނިންމުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް