ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު އުތީމުގައި ފާހަގަކުރުމަށް ޝައުޤުވެރިވާ ކުލަބް ޖަމްއިއްޔާތަކުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ.
ހުށަހަޅުއްވާ ޕްރޮޕޯސަލްގައި ޢީދުގައި ކުޅޭނެ ކުޅިވަރުތަކާއި، ކުލަބް ޖަމްއިއްޔާއިން ކުރައްވާނެ ޚަރަދުތަކާއި އަދި އަގެއް ނުނަގައި ކުރިއަށް ގެންދާނެ ހަރަކާތްތައްވެސް ހިމަނަންވާނެއެވެ. މީގެއިތުރުން، މުޅިރައްޔިތުން ގުޅިގެން ކުރިއަށް ގެންދާނެ ހަރަކާތްތަކާއި އަދި ޢީދުކުޅިވަރުތައް ދިރުވާ އާލާކުރުމުގެ ގޮތުން ކުރާނެ މަސައްކަތްތައްވެސް ހިމަނަންވާނެއެވެ. ޢީދު ފާހަގަކުރުމުގެ ގޮތުން ޕްރޮޕޯސަލް ހުށަހަޅާ ކޮންމެ ޖަމްއިއްޔާއަކަށް މިކައުންސިލުން ބަލާ މިންގަނޑުތަކަށް ފެތޭނަމަ -/10,000 ރުފިޔާގެ ގްރާންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ރަށުގައި އުފެދިފައިވާ ހުރިހާ ކުލަބް ޖަމްޢިއްޔާތައް ގުޅިގެން އެއް ޕްރޮޕޯސަލެއް ހުށަހަޅާނަމަ މިކައުންސިލުން ބަލަންޖެހޭ ކަންކަމަށް ބަލައި 25,000 ރުފިޔާ އާއި 30,000 ރުފިޔާ އާއި ދެމެދުގެ ގްރާންޓެއް ދެވޭނެއެވެ. އަދި، ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ނަމަ އެފަރާތައް 25,000 ރުފިޔާ އާއި 30,000 ރުފިޔާ އާއި ދެމެދުގެ ގްރާންޓެއް ދިނުމުގެ އިޚްތިޔާރު އުތީމު ކައުންސިލަށް ލިބިގެންވެއެވެ. މީގެއިތުރުން، ދެފަރާތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި އެއް އައިޓަމެއް ހިމަނާފައިވާނަމަ އެފަރާތްތަކާއި މަޝްވަރާކޮށް ގޮތެއް ނިންމާނީ އުތީމު ކައުންސިލުންނެވެ.
ވީމާ، އުތީމުގެ އެއްވެސް ކުލަބް ޖަމްއިއްޔާއަކުން ނުވަތަ ހުރިހާ ޖަމްއިއްޔާތައް ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ބޭނުންފުޅުވާނަމަ 2025 މެއި 15 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ޕްރޮޕޯސަލް އީމެއިލް ކުރެއްވުން އެދެމެވެ.
ޕްރޮޕޯސަލް އީމެއިލް ކުރައްވާނީ [email protected] އަށެވެ. ދެވިފައިވާ ސުންގަޑި ހަމަވުމުގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.
މިއިޢުލާނާއެކު ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައިގަނޑު ބައިތައް އެކުލެވޭ ކަރުދާހެއް ގެޒެޓްކުރެވިފައި ވާނެއެވެ.
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް މިކައުންސިލްގެ ނަންބަރު 6500038 ފޯނަށް ގުޅައިގެން އެކަމެއް ސާފުކުރެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.