މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ. ޅައިމަގު ކައުންސިލް ޤުރްއާން ކުލާސް ހިންގުމަށް ޙާފިޡަކު ހޯދުން
- 2025 ވަނަ އަހަރު ށ. ޅައިމަގު ކައުންސިލުން އިންތިޒާމް ކޮށްގެން ފެށުމަށް ހަމަޖެހިފައިވާ ޤުރްއާން ކުލާސް ހިންގުމަށް ޙާފިޡެއް "ރާއްޖެއިންބޭރުން ނުވަތަ ރާއްޖެއިން" ގެނެސް އެފަރާތުގެ ހުރުމާއި ކެއުމުގެ އެންމެހާ ކަންތައްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް، މިއިދާރާގެ ނަންބަރު (IUL)280-PLA/INDIV/2025/12 (17 މާރިޗް 2025) އިޢުލާނުގައި ހުޅުވާލި ބީލަމަށް ލިބިފައިވާ ތަރުހީބު ދަށްކަމަށް ފެންނާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
- މިބީލަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 2025 އޭޕްރީލް 30 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން، މިއިދާރާއަށް ފޯމު ހުށަހެޅުމުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް ގެޒެޓް ކޮށްފައިވާ އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ވާނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
- މިބީލަމާއިގުޅިގެން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. ބީލަމަށް ރަޖިސްޓްރީކުރުމަށް ހުށަހެޅުމުން އެފަރާތަކަށް މަޢުލޫމާތުތައް މެއިލްކޮށްދެވޭނެއެވެ. އިތުރު މަޢުލުމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6540051 އަށް ގުޅުއްވުންއެދެމެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 މެއި 05 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅާއިއިރު، ބީލަން އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބީލަމެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 11:00 ގައެވެ.
21 އެޕްރީލް 2025
ހޯދާ