މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަތޮޅު ކައުންސިލް ހޭންޑްބޯލް މުބާރާތުގައި ދުވާފަރު ތަމްސީލުކުރާ ޓީމަށް ކުޅުންތެރިން ނެގުމާއި ގުޅޭ

ރ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ރ.އަތޮޅު ކައުންސިލުން ކުރިޔަށް ގެންދާ ހޭންޑްބޯލް މުބާރާތުގައި ދުވާފަރު ތަމްސީލުކުރާ ޓީމަށް ކުޅުންތެރިން ނެގުމަށް މި އިދާރާއިން ވަނީ ނިންމާފައެވެ. އެހެން ކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން   30 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މި އިދާރާއަށް ފޯރމް ހުށައެޅުމަށް ދަންނަވަމެވެ. މި ކަމަށް އެދި ހުށައަޅާ ފޯރމް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިލައްވާނެއެވެ. މި މުބާރާތާކީ ހަމައެކަނި އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ހިންގާ މުބާރާތެއްކަން މަޢުލޫމާތަށްޓަކައި ދަންނަވެމެވެ.

ބައިވެރިވެވޭނެ ފަރާތްތައް

  • ދުވާފަރަށް/ ކަނދޮޅުދޫ އަށް ރަޖިސްޓްރީވެފައިވުން
  • ބައިވެރިވާން އެދޭ ފަރާތުގެ މަންމަ ނުވަތަ ބައްޕަ ދުވާފަރު/ ކަނދޮޅުދޫއަށް ރަޖިސްޓްރީގައި އޮތުން
  • ބައިވެރިވާން އެދޭ ފަރާތް ދުވާފަރު މީހަކާ ކައިވެނިކޮށްގެން އުޅުން.
  • ދުވާފަރުގައި ދިރިއުޅޭތާ މަދުވެގެން 06 މަސް ދުވަސްވެފައިވުން

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

23 ޝައްވާލް      1446

21 އޭޕްރިލް     2025   

21 އެޕްރީލް 2025
ހޯދާ