ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެޝިނަރީއާއި އިކްއިޕްމަންޓް ގަތުމާބެހޭ

އިޢުލާން

މެޝިނަރީއާއި އިކްއިޕްމަންޓް ގަތުމާބެހޭ

 

                       ތ. ކަނޑޫދޫ ކައުންސިލް އިދާރާއަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި، މިއިދާރާއިން ތައްޔާރުކޮށްފައިވާ ބިޑު ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ގަނެގެން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

  1. 04 ކޮމްޕިއުޓަރ ސިސްޓަމް (Intel Core i5-9000 Series processors)
  2. 03 ޕްރިންޓަރ (Black)
  3. 01 ޕްރިންޓަރ (Color)
  4. 02 ސްކޭނަރ (Black and Color Scan)

 

                      ވީމާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ވިޔަފާރިއަށް ރަޖިސްޓަރީވެ އަދި އެސް. އެމް. އީ. އެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 22 އޭޕްރީލް 2025 ވަނަދުވަހުގެ 8:30 އިންފެށިގެން 28 އޭޕްރީލް 2025 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 05 މެއި 2025 ވަނަދުވަހުގެ 10:30 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ 28 އެޕްރީލް 2025 ވަނަދުވަހު 13:30 ގައި މިއިދާރާގައި އޮންނާނެއެވެ. ޕްރީބިޑް މީޓިންގައި އޮންނާނީ ބިޑް ޑޮކިއުމަންޓް ބައްލަވައިގެންނެވި ފަރާތްތަކުން އިތުރުކަމެއް ސާފުކުރަން އޮތްނަމަ، އެކަމެއް ސާފުކޮށްދިނުމެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/100 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް މިއިދާރާގެ ނަންބަރު 7725700437001 ރެވެނިއު އެކައުންޓް1 އަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް މިއިދާރަގެ މެއިލް އެޑްރެސްކަމުގައިވާ [email protected]  އަށް މެއިލް ކުރުމުން ފައިސާ ބަލައިގެން ކަމުގެ ރަސީދުއާއެކު ބިޑް ޑޮކިއުމަންޓްތައް މެއިލް ކޮށްދެވޭނެއެވެ. އަދި މިއިދާރާގެ ކައުންޓަރަށް ދުރުވެ ފައިސާ ދެއްކުމުން ބިޑް ޑޮކިއުމަންޓްތައް މެއިލް ކޮށްދެވޭނެއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

 

                  22 ޝައްވާލް 1446

                  21 އޭޕްރީލް  2025

21 އެޕްރީލް 2025
ހޯދާ