ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުރުގާން މިސްކިތުގެ ފެންޑާގެ ފުރާޅު އެޅުމާއި ފެންޑާގެ އެތެރޭގެ މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފުރުގާން މިސްކިތުގެ ފެންޑާގެ ފުރާޅު އެޅުމާއި ފެންޑާގެ އެތެރޭގެ މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 27 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected]އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.
- ބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ބައްދަލުވުން އޮންނާނީ 28 އެޕްރީލް 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ފުރުގާން މިސްކިތުގައެވެ.
- މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 29 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 29 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 30 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 10:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862812
އީމެއިލް: [email protected]
21 އެޕްރީލް 2025
ހޯދާ