ކެނދިކުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ފާހާނާތައް މަރާމާތު ކުރުން

މިސުކޫލްގެބައެއް މަރާމާތުތަކާއި ގުޅޭ

 

މިސުކޫލްގެ ބައެއް ފާހާނާ ތައް މަރާމަތުގެ މަސައްކަތްތަކެއް ކުރުމަށް ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އެޕްރީލް 2025 ވާ އާދީއްތަ  ދުވަހުގެ 13:00ގެ ކުރިން އެޓޭޗްކުރެވިފައިވާ  ލިންކް މެދުވެރިކޮށް  ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރި ވާ ހުރިހާ ފަރާތްތަކަށްވެސް ބިޑް ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

  1. ރަޖިސްޓްރީ ވާ ފަރާތުގެ ނަން
  2. ރެޖިސްޓްރީ ނަންބަރ  
  3. އީ މެއިލް އަދި ގުޅޭނެ ފޯން ނަންބަރ

މި މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ޝެޝަން އޮންނާނީ 28 އެޕްރީލް 2025 ވާ ހޯމަދުވަހުގެ 13.30 ގައި ކެނދިކުޅުދޫ ސްކޫލްގައެވެ. ޝައުގުވެރިވާ ފަރާތްތަކުން މިސެޝަންގައި ބައިވެރި ވުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ދަންނަވަމެވެ.  އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 4 މެއި 2025 ވާ އާދީއްތަ ދުވަހުގެ 11:00ގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި ކެނދިކުޅުދޫ ސްކޫލްގައެވެ.   ކަނޑައެޅިފައިވާ ތާރީޚް ގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ކަރުދާހެއް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 13:00 އާއި ދެމެދު 9120545 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނަމަ [email protected]  ށް މެއިލް ކުރެއްވުން އެދެމެވެ.

ރެޖިސްޓްރޭޝަން ލިންކު    https://forms.gle/x5DMtmqCdQ1ajLx38

21 އެޕްރީލް 2025
ހޯދާ