ދިވެހިރާއްޖެ
ހދ. ވައިކަރަދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލް (23 ޖަނަވަރީ 2024) ގެ 28 ވަނަ މާއްދާގައި ވާ ގޮތުގެމަތިން، 20 އޭޕްރީލް 2025 ވަނަ ދުވަހު ދޫކުރެވުނު ގޯތިތަކުގެ ތެރެއިން އެއްގޯތި އަނެއް ގޯއްޗާއި ބަދަލުކުރުމަށް ބޭނުންވެ ލައްވާފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
ވީމާ، 05 މެއި 2025 ވާ ހޯމަދުވަހުގެ މެންދުރު 13:30 ގެ ކުރިން އެއްގޯތި އަނެއް ގޯއްޗާއި ބަދަލްކުރުމަށް ބޭނުންވެލައްވާ ފަރާތްތަކުން އެކަމަށް އެދި ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ގޯތި ބަދަލްކުރުމަށް އެދޭ ފޯމް މި އިދާރާއިންނާއި މި އިދާރާގެ ވެބްސައިޓް www.vaikaradhoo.gov.mv އިން ލިބެން ހުންނާނެ ކަމުގައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. 05 މެއި 2025 ގެ ފަހުން ހުށަހަޅުއްވާ ފޯމްތަކަށް ކައުންސިލް އިދާރާއިން ގޯތި ބަދަލް ކޮއްދެވެން ނޯންނާނެ ކަމުގައި ދަންނަވަމެވެ. އެއްވެސް ސަބަބަކާހުރެ ގޯތި ދޫކޮއްލައްވަން ބޭނުންވެލައްވާނަމަ އެކަން ބަޔާންކުރައްވާ މި އިދާރާއަށް ސިޓީ ހުށަހެޅުވުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.