ދިވެހިރާއްޖެ
މި އޮފީހަށް ގަންނަން ބޭނުންވާ 02 (ދޭއް) ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)14-PR/1/2025/18 (27 މާރިޗު 2025) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، ނަންބަރު (IUL)14-PR/1/2025/18 (27 މާރިޗު 2025) އިޢުލާނު ބާޠިލުކޮށް، 2 (ދޭއް) ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން، މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 04 މޭ 2025 ވާ އާދިއްތަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ [email protected] އީމެއިލް އަށް 29 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.