ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ފ. އަތޮޅުތަޢުލީމީ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތް ކުރުން

ފ.އަތޮޅު ތަޢުލީމީ މަރުކަޒު

 

 

   ފ.ނިލަންދޫ،  

އިޢުލާން ނަންބަރ:

(IUL)GS37-B/GS37/2025/09

   ދިވެހިރާއްޖެ.

 ޕްރޮކިއުމަންޓް ނަންބަރު:

(P)GS37/2025/03

 

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

 

މިމަރުކަޒުގެ ނަންބަރު : (IUL)GS37-B/GS37/2025/08( 08 އެޕްރީލް 2025 )ގެ އިޢުލާނާ ގުޅިގެން ހުށައެޅި އަންދާސީ ހިސާބު އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާޠިލްކޮށް، ބައެއް މަސައްކަތްތަކަށް ބަދަލުގެނެސް އަލުން އިޢުލާނުކުރަމެވެ.

 

  1. މި މަރުކަޒުންދޭ މަޢުލޫމާތާ އެއްގޮތަށް މި މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު، ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިކަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން ތިރީގައިވާ އީމެއިލް މެދުވެރިކޮށް، ގެޒެޓު ކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކުރައްވައި، އަމިއްލަ ފަރާތަކުންނަމަ އައިޑީކާޑުގެ ކޮޕީ، ވިޔަފާރި/ކުންފުނި/އިންވެސްޓްމަންޓަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީއާއެކު، 2025 އެޕްރީލް 24ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އެޕްރީލް 28 ވަނަ ދުވަހުގެނިޔަލަށް މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން 2025 މެއި 05 ވަނަ ދުވަހުގެ 11:00ގައިފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައި އޮންނާނެއެވެ.
  6. ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފ. އަތޮޅު ތަޢުލީމީ މަރުކަޒު

ފޯން:  7952909

އީ-މެއިލް: [email protected]

22 ޝައްވާލު 1446

21 އެޕްރީލް 2025

21 އެޕްރީލް 2025
ހޯދާ