މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ދުވަހާއި ގުޅިގެން ބާއްވާ ރޭގަނޑުގެ ފަރިއްކޮޅު ތައްޔާރުކުރުމާ ގުޅޭ:

މިއަހަރުގެ އަންހެނުންގެ ދުވަސް، 26 އޭޕްރިލް 2025 ވާ ހޮނިހިރު ދުވަހު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް އ.ތ.މ ކޮމެޓީން ވަނީ ނިންމަވާފައެވެ. އަދި މިދުވަހުގެ މުނާސަބަތުގައި ރަށުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އަންހެނުންނަށް ރޭގަނޑުގެ ފަރިއްކޮޅެއް ދިނުމަށް ކޮމެޓީންވަނީ ނިންމަވާފައެވެ.

ވީމާ ތިރީގައިވާ ތާވަލާއި އެއްގޮތަށް މި ކެއުން ތައްޔާރޮކޮއްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވަންވާނީ ބޮލަކަށްޖެހޭ ރޭޓް އަދި ޖުމްލަ އަގު އެނގޭގޮތަށެވެ.

އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން 6720034 މި ނަމްބަރ އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ރޭގަނޑުގެ ކެއުން

ބޭނުންވާ އަދަދު

ފްރައިޑް ރައިސް/ ރީނދޫ އެޅި ތަރުކާރީ ބަތް

145 މީހުންނަށް

ޗިލީ ޗިކަން

145 މީހުންނަށް

ޕާޕަރު

145 މީހުންނަށް

ޕިރިނީ

145 މީހުންނަށް

ކިއުކަމްބަރ/ ކެރެޓް (ކޮށާފައި)

145 މީހުންނަށް

ޖޫސް (ސަންކްއިކް)

145 މީހުންނަށް

 

 

20 އެޕްރީލް 2025
ހޯދާ