މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގައި ހުރި ބައެއް ތަކެތި ނީލަންކިޔުމާ ގުޅޭ

މިއިދާގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތި ނީލަން ކިޔުން 28 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގައި އޮންނާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ކައުންސިލް އިދާރާއަށް ދުރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބެއްލެވުމަށް ބޭނުންވާ ފަރާތްތަކުން 24 އޭޕްރިލް 2025ވާ ބުރާސްފަތި ދުވަހުގެ ކުރިން، ރަސްމީ ދުވަސްތަކުގައި 09:00-12:00 އާ ދެމެދު މިއިދާރާއަށް ދުރުވުމުން، އެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 6560005 ނަމްބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 އެޕްރީލް 2025
ހޯދާ