ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
Tender Notice

އެއްއަހަރު ދުވަހުގެ މުއްދަތަށް، އެސްޓޯއޯ ހެޑްއޮފީސް އިމާރާތް އަދި އިމާރާތުގެ ބިއްލޫރިތަށް ދޮވެ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އެއްއަހަރު ދުވަހުގެ މުއްދަތަށް، އެސްޓޯއޯ ހެޑްއޮފީސް އިމާރާތް އަދި އިމާރާތުގެ ބިއްލޫރިތަށް ދޮވެ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

  1. މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 2.     ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް: 

2.1  ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފަރާތަކީ ފާއިތުވި) 5 ފަހެއް) އަހަރު ދުވަހުގެ ތެރޭގައި، ކޮންޓްރެކްޓް އުސޫލުން މި ބާވަތުގެ، މަދުވެގެން 3 މަސައްކަތް (އޮފިސް، އިމާރާތްތަށް ސާފު)، ކޮށްފައިވާ، ތަޖުރިބާހުރި ފަރާތަކަށްވުމެވެ. ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ހަވާލާދޭ ސިޓީ (ޕޮޒިޓިވް ރެފަރެންސް) ހުށަހަޅުމުންނެވެ.

2.2  ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އެސްޓީއޯ އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގައި ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.

2.3  ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އިކޮނޮމިކް މިނިސްޓްރީ އަދި މީރާގައި ޑީބަރޑް ނުވަތަ ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.

 

 3.     ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:

3.1  ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ހަވާލާދޭ ސިޓީ (2.1 ގައިވާ ގޮތަށް)

  • ހަވާލާދޭ ސިޓީ ގޮތުގައި ބަލައިގަނެވޭނީ ކުންފުނި/ސަރުކާރު އޮފީސްތައް/އިންސްޓިޓިއުޝަންސް/ކޮމިޝަންސް...، އިން ދީފައިވާ ސިޓީ ތަކެވެ. އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ހަވާލާދޭ ސިޓީ ބަލައިނުގަނެވޭނެއެވެ.
  • ހަވާލާދޭ ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަމަ، ސިޓީއާއެކު އެ މަސައްކަތަށް ބާރުއަޅާ ލިޔެކިއުން ހުށަހަޅަންވާނެއެވެ. ހުށަހަޅާފައިވާ ސިޓީއާއި ބާރުދޭ ލިޔެކިއުންތަކުން މަސައްކަތުގެ ތަފްސީލް އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ، އެ ސިޓީ ބަލައިނުގަތުމުގެ އިޙްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.

3.2  ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ރެޖިސްޓްރޭޝަންކޮޕީ

3.3  ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ހިއްޞާދާރުންގެ އައި.ޑީ.ކާޑް ކޮޕީ

3.4  ކުންފުނީގެ ހިންގާ ޤަވާއިދު

3.5  ކުންފުނީގެ އަސާސީ ޤަވާއިދު

 

 4. ރަޖިސްޓަރީ ކުރުން:

4.1  ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2025 އޭޕްރިލް 24 ވަނަ ދުވަހު 1100ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރ ކުރަންވާނެއެވެ.

     އީމެއިލް އެޑްރެސް: [email protected]

4.2  ރަޖިސްޓަރީ ކުރައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް ދޫކުރެވޭނެއެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އަންގާލެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344167

އީމެއިލް: [email protected] 

20 އެޕްރީލް 2025
ހޯދާ