މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދައުވަތު - (ގުދަނެއް ޢިމާރާތްކޮށްދޭނެ ހޯދުން)
- މިއިދާރާގެ ނަންބަރ: (IUL)282/282/2025/13(09 އޭޕްރީލް 2025) އިއުލާނާއި ގުޅިގެން ހުށައެޅިފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ، އަލުން އެފުރުސަތު ހުޅުވާލަމެވެ. މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، ގުދަނެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނުނު (2014/19 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި ޖަމިއްޔާތަކާބެހޭ ޤާނޫނު (ނަންބަރ 1/2003) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު މިއިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީކުރެއްވި ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2025 އޭޕްރީލް 22 ވާ އަންގާރަ ދުވަހުގެ 12:00 ގައި މިއިދާރާގައި އޮންނާނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 އޭޕްރީލް 24 ވާ ބުރާސްފަތި ދުވަހުގެ 13:15ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީ ހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ މާއުނގޫދޫ ކައުންސިލުގެ އިދާރާ/ ށ.މާއުނގޫދޫ، ދިވެހިރާއްޖެ.
ފޯން: 6540056
އީމެއިލް: [email protected]
20 އެޕްރީލް 2025
ހޯދާ