ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
ތިން ކުލާސްރޫމްގެ ތަޅުން އުސްކުރުން

ނ.ހެނބަދޫ ސްކޫލުގެ 3 ކްލާސްރޫމެއްގެ ތަޅުން އުސްކުރުން

1-  މި ސްކޫލުންދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ ތިން ކްލާސްރޫމެއްގެ ތަޅުން އުސްކޮށް މުށި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރ  GS11/IUL/2025/09 ( 26 ފެބުރުއަރީ 2025 ) އިޢްލާނާ ގުޅިގެން ދެވުނު ބައެއް މައުލޫމާތަށް ބަދަލު ގެނެވިފައިވާތީ އެ އިޢްލާނު ބާތިލްކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަންފޮތް މި އިއްލާނާ އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.                                                                .

3- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2025 އެޕްރީލް 21 ން 2025 އެޕްރީލް 23 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.  ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތް ތަކަށެވެ.

"ބިޑް ރަޖިސްޓްރޭޝަން ފޯމް" ގެ ލިންކް: http://bit.ly/42QbxJu

4 - މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2025 އެޕްރީލް 27 ވާ އާދީއްތަ ދުވަހުގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.  

5- މި ބީލަމާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 2025 އެޕްރީލް 28 ވާ ހޯމަ ދުވަހު 13:00 ގައި މި ސްކޫލުގެ މީޓިން ރޫމުގައެވެ.

6 -  ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2025 މެއި 04 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި ސްކޫލުގެ މީޓިން ރޫމުގައެވެ.

7 - އިތުރު މައުލޫމާތު ރަސްމީ ގަޑީގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

       ހެނބަދޫ ސްކޫލު ، ނ. ހެނބަދޫ/ ދިވެހިރާއްޖެ

   ފޯނު، 6560571

         އީމެއިލް: [email protected]

20 އެޕްރީލް 2025
ހޯދާ