ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

އޮފިސަރ

މަޤާމް:

ޕްރޮޕަޓީ މެއިންޓަނަންސް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލަޕްމަންޓް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

1

މުސާރަ:  

-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއިން ޑިޕްލޮމާ އެއް ޙާޞިލްކޮށްފައިވުން ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއިން ލެވެލް 04 ގެ ސެޓްފިކެޓެއް ހާސިލްކޮށް މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޑިޕާރޓްމަންޓްގެ ފަރާތުން ކޮންޓްރެކް ހަދާފައިވާ ފަރާތްތަކުގެ ބިލްތައް އައުމުން، ބިލްތައް އެންޓްރީކޮށް އީ.އާރ. ޕީ ސިސްޓަމުން ބިލްތަކަށް ޑީޕީއެސްއޯ ހަދާ ބިލްތައް ފައިނޭންސް ޑިޕާރޓްމަންޓަށް ޕޭމަންޓަށް ފޮނުވުން.
  • ޑިޕާޓްމަންޓުގެ ޕްރޮޖެކްސްތަކަށްކުރާ މުދާ ހޯދުމަށް ޕްރޮކިޔުމަންޓް ޑިޕާރޓްމަންޓާގުޅިގެން މަސައްކަތްކުރުން.
  • ޑިޕާރޓްމަންޓްގެ ފަރާތުން ކޮންޓްރެކް ހަދާފައިވާ ފަރާތްތަކުގެ ބިލްތައް އައުމުން، ބިލްތައް އެންޓްރީކޮށް އީ.އާރ. ޕީ ސިސްޓަމުން ބިލްތަކަށް ޑީޕީއެސްއޯ ހަދާ ބިލްތައް ފައިނޭންސް ޑިޕާރޓްމަންޓަށް ޕޭމަންޓަށް ފޮނުވުން.
  • އިންފްރާސްޓަކްޗަރ ޔުނިޓްގެ އިދާރީ މާސައްކަތްތައްކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

22 އެޕްރީލް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 22 އެޕްރީލް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

22 ޝައްވާލް 1446

20 އެޕްރީލް 2025

20 އެޕްރީލް 2025
ހޯދާ