އިނގުރައިދޫ ހެލްތް ސެންޓަރ
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނާރސް

މި އިޢުލާންވަނީ 28 އެޕްރީލް 2025 10:07 ގައި ބާތިލް ކުރެވިފައެވެ.


`

 

 

                   އިނގުރައިދޫ ޞިއްޙީމަރުކަޒު

                      ރ. އިނގުރައިދޫ، ދިވެހިރާއްޖެ    

                                                                 ނަންބަރު: IHC/E.13/ANN/2025/04

އިޢުލާނު

 

މަޤާމު:

ރެޖިސްޓަރޑް ނާރސް

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް

ރޭންކް 5 (ސްޓެޕް 1)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ. އިނގުރައިދޫ ޞިއްޙީމަރުކަޒު

މަޤާމުގެ އަސާސީ މުސާރަ:

11428.00 ރ

މަޤާމު އެލަވަންސް:

5333.00 ރ

ހާޒިރީ އިނާޔަތް:

144.00 ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި، އަދި ބަލިމީހުންނަށް ކެއަރ ދެވޭގޮތް އަދި މިކަމުގައި އިޚްލާސްތެރިކަމާއިއެކު އެމީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.
  2. ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފް ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓް ކުރުމާއި، އަދި ރިފަރކޮށްފައިތިބޭ މީހުން އެޑޮކްޓަރަކަށް ދެއްކުން.
  3. ޑޮކްޓަރުގެ ލަފާގެ މަތިން ބަލިމީހުންނަށް ދެވޭ ފަރުވާ ރިހިބިލި ޓޭޝަންއާއި ބެހޭ ގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން.
  4. ޞިއްޙީމަރުކަޒުގައި ބޭނުންކުރެވޭ އިކްއިޕްމަންޓްސް ފަދަތަކެތި ބެލެހެއްޓުމާއި އަދި ކޮމިޔުނިޓީ ހެލްތް އޮފިސަރުގެ ލަފަޔާއިއެކު މަދުވާތަކެތި ހޯދުމަށް މަސައްކަތް ކުރުން.
  5. ދިމާވާ އެމާރޖެންސީތައް ވަގުތުން ކަމާއިބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރ އަންނަންދެން އެފަދަ އެމާރޖެންސީތައް މެނޭޖުކުރުން.
  6. ބަލިމީހުންނަށް ދެވޭ ނާރސިން ކެއަރ ރޭވުމުގައި ނަރުހުންނާއި، ނަރުހުންނާއިއެކު ޑިއުޓީހަދާ އެހެން މުވައްޒަފުންނަށް އިރުޝާދު ދިނުން.
  7. ރަސްމީގަޑި ނޫން ވަގުތު ތަކުގައި ދިމާވާ ކަންތައް ތަކުގެ ތެރެއިން ނާރސިންގއާއިބެހޭ ކަންތައްތައް ޙައްލުކުރުމާއި، އެހެން ކަންތައްތައް ކޯޑިނޭޓަރަށް އެންގުން.
  8. ޞިއްޙީމަރުކަޒުގައި ބަލިމީހުންނާއިބެހޭ ގޮތުން ހިންގާ އާދަޔާ ޚިލާފު ހާދިސާތައް ތަނުގެ އިސްވެރިޔާއަށް އެންގުން.
  9. ނާރސިންގއާއިބެހޭ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލައި ސްޕަވައިޒަރުންނާއި، ނަރުހުންނާއި އެހެން މުވައްޒަފުންނަށް އެހީތެރިވުން.
  10. އާއްމުފަރާތްތަކާއި މުވައްޒަފުންނާއި އަދި ވެރިންނާއި މުވާމަލާތުކުރުމުގައި ރީތި އުސޫލްތައް ގެންގުޅުމާއި އަދަބު އިޙްތިރާމް އަދާކުރުން.
  11. ވެރިން އަންގަވާ މަސައްކަތްތައް ކުރުމާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވެދިނުން.
  12. ސިއްޙީ އެކިއެކި ކާރިސާއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ އަދި އޮފީހުގެ ރަސްމީ އެކިއެކި ކަންކަމާ ގުޅިގެން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް:

  • އެނެސްތެޓިކް ކެއަރ  
  • ކްރިޓިކަލް ކެއަރ  
  • ނާސިންގ  
  • ނަރސިންގ އެންޑް މިޑްވައިފަރީ  
  • ޕީޑިއާޓްރިކްސް 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ނާސިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Policy/Index/51
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން
  2. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް " ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2023 (އިސްލާޙު 1)" ގައި ބަޔާންކޮށްފައިވާނެއެވެ.

އަސާސީ ޝަރުޠުހަމަވުމުން ދެވޭ ޕޮއިންޓް

30 %

ޝަރުޠުހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓް (ގިނަވެގެނެ 15.00 % ޕޮއިންޓް)

15 %

އިންޓަރވިއު އަދި ޕްރެސެންޓޭޝަން

50 %

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޭޕްރީލް 2025 ގެ 12:00 ގެ ކުރިން، ރ. އިނގުރައިދޫ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 04 މެއި 2025 އާއި 08 މެއި 2025 އާ ދެމެދު، ރ. އިނގުރައިދޫ ޞިއްޙީމަރުކަޒުގެ އޮފީހުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580395 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

" ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2023(އިސްލާޙު1)" އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/33) އިން ލިބެން ހުންނާނެއެވެ.

20 އެޕްރީލް 2025
ހޯދާ