ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ކުއްޔަށް ދިނުމާއި ގުޅޭ

                        މިރަށު އަންހެނުންގެ މިސްކިތު ގޯތީގައި ހުރި 4 ރުކާއި ފުޓްސަލް ދަނޑުގެ ހުޅަނގުން، ސަމްހީދު އަޙްމަދު އަށް ދޫކޮށްފައިވާ ގޯތީގެ ދެކުނުން އޮތް ހުސް ބިމުގައި ހުރި ރުކާއި ބަނބުކެޔޮ ގަހާއި ކަށިކެޔޮ ގަސް 1 އަހަރުގެ މުއްދަތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ހުޅުވާލަމެވެ.

                  ކަމާއިގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރ 6780039 އަށް ގުޅުއްވުން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.  މެއިލް ކުރައްވާއިރު ސަބްޖެކްޓުގައި އިޢުލާން ނަމްބަރު ޖެއްސެވުންއެދެމެވެ.

                  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކުއްޔަށް ހިފަން ބޭނުންވާ އަގު ބަޔާންކޮށް 30  އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ ސިޓީ ހުށަހެޅުއްވުން އެދެމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  22 ޝައްވާލް   1446ހ  

                  20 އޭޕްރިލް  2025މ   

20 އެޕްރީލް 2025
ހޯދާ