މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ގޮއިދޫގައި ކުރިޔަށްގެންދާ އޮޓޯޕޮޓް ފާރމް ޕްރޮޖެކްޓަށް ބޭނުންވާ 5000Lގެ 04(ހަތަރެއް) ކަޅުހަން ށ.ފުނަދޫއިން ށ.ގޮއިދޫއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުން

ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ށ.ގޮއިދޫގައި ކުރިޔަށްގެންދާ އޮޓޯޕޮޓް ފާރމް ޕްރޮޖެކްޓަށް ބޭނުންވާ 5000Lގެ 04(ހަތަރެއް) ކަޅުހަން ށ.ފުނަދޫއިން ށ.ގޮއިދޫއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2025 އޭޕްރިލް 21ވާ ހޯމަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.  ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2025 އޭޕްރިލް 22 ވާ އަންގާރަ  ދުވަހުގެ 13:00ގެ  ކުރިން، އެ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި  މެއިލްކުރެވޭނެއެވެ.
  3. ކޯޓޭޝަން ހުށައަޅާ ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ، އަދި އަމިއްލަ ފަރުދެއްނަމަ އެފަރާތުގެ އައި.ޑީ ކާޑު ކޮޕީ ކޯޓޭޝަން އާއި އެކު ހުށައަޅަންވާނެއެވެ.
  4. ކޯޓޭޝަން ހުށައެޅުން އޮންނާނީ  2025 އޭޕްރިލް 23ވާ ބުދަ ދުވަހުގެ ހެނދުނު 10:30ގައި ށ. އަތޮޅު ކައުންސިލްގެ އިދާރާ އަދި ށ. ގޮއިދޫ ކައުންސިލްގެ އިދާރާގައެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ކޯޓޭޝަންތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.
  5. ހުށައަޅާ ކޯޓޭޝަންތައް ވަޒަންކުރުމުގައި ބެލެވޭނީ އެންމެ ކުޑައަގެއް ހުށައަޅާފަރާތެކެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540451

އީމެއިލް:     [email protected]

ކޮޕީ:       [email protected], [email protected]

20 އެޕްރީލް 2025
ހޯދާ