ދިވެހިރާއްޖެ
ކ. ތުލުސްދޫގެ ހުޅަނގު އުތުރުން ފަސްގަނޑުމަތިން ލޭންޑްޔޫސް ޕްލޭނުގައި ކަނޑައަޅާފައިވާ 47.3 ނަންބަރ (29،520.02 އަކަފޫޓު) ބިން 30 އަހަރު ދުވަހުގެ މުއްދަތަށް " އަލިފާން ނިއްވުމާއިބެހޭ ޓްރެއިނިންގ ސެންޓަރ"އެއް އެޅުމަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ބޭނުންވެއެވެ.
މިކަމާގުޅޭ ތަފުސީލު މަޢުލޫމާތު ކަރުދާސް މި ޢިއުލާނާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. މައުލޫމާތު ސާފުކުރުން 22 އޭޕްރީލް 2025 ވާ އަންގާރަދުވަހުގެ 10:15 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
ވީމާ، މިބިން ކުއްޔަށް ނެންގެވުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 އޭޕްރީލް 28 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.އަންދާސީ ހިސާބު ހުށަހަޅުއްވާނީ މި އިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ލިންކް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ނަންނޯޓް ކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ. ސުންގަޑި( 25 އޭޕްރީލް 2025 ވަނަދުވަހުގެ 12:00 އަށް )
ލިންކް: https://forms.gle/SnPTxk1Mxowg9b8h9
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.