މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ބިލެތްފަހި ބަނދަރު ސަރަހައްދުން ވިޔަފާރިކުރުމަށް ކުލީ ބިންދޫކުރުމާއި ގުޅޭ

(IUL)276/276/2025/38ނަމްބަރ

އިޢުލާން

ށ. ބިލެތްފަހި ބަނދަރު ސަރަހައްދުން ވިޔަފާރިކުރުމަށް ކުލީ ބިންދޫކުރުމާއި ގުޅޭ.

             ރަށުގެ ބަނދަރު ސަރަހައްދުން ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ  ވިޔަފާރި ބިން(50’x30’  1500އަކަފޫޓް) ކުއްޔަށް ނަގާފައިވާ ފަރާތުން އެބިން ދޫކޮށްލުމާއި ގުޅިގެން އެބިން އަލުން ކުއްޔަށް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.  

                         ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަންރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 20 އޭޕްރީލް 2025 އިން 22 އޭޕްރީލް 2025 ގެ 12:00 އާއިދެމެދު އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށްދަންނަވަމެވެ.

ލިންކް: https://forms.gle/8qejrhXNyQMNsNNt6

 

މަޢުލޫމާތު ސާފުކުރުން

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 24 އޭޕްރީލް 2025 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގައި، ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. 

މި ބިމާއިގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ މައުލޫމާތު ސެޝަންގައި މި ބީލަމުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން ބައިވެރިވުން އެދެމެވެ. އަދި މައުލޫމާތު ސެޝަންގައި ބައިވެރިވާ ބައިވެރިންނަށް މައުލޫމާތު ކަރުދާސް ފޯރުކޮށް ދެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

ބީލަން ހުޅުވުން އޮންނާނީ 04 މެއި 2025 ވާ ( އާދީއްތަ ) ދުވަހުގެ 10:00 ގައި ބިލެތްފަހީ ކައުންސިލް އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަން ތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންވެސް ބަލައިގަންނަގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

 

                   މި ބީލަމުގައި އަމިއްލަ ފަރާތްތަކުގެ އިތުރުން ޤާނޫނު ނަންބަރު 96/10" ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު"، ޤާނޫނު ނަންބަރު 2007/3" ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު"، ޤާނޫނު ނަންބަރު 2011/13 "ޕާޓްނަރޝިޕްގެ ޤާނޫނު"، ޤާނޫނު ނަންބަރު 2013/6" ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު"، ޤާނޫނު ނަމްބަރު 2014/18" ވިޔަފާރި ރަޖިސްޓަ ރީ ކުރުމުގެ ޤާނޫނު" އަދި ޤާނޫނު ނަމްބަރު 2014/19" އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާން ކުރީމެވެ.

22 ޝައްވާލް  1446

20  އޭޕްރީލް  2025

 

 

 

 

 

20 އެޕްރީލް 2025
ހޯދާ