ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އިޢުލާނުގެ މުއްދަތު އިތުރުކުރުން

     ނަންބަރު : (IUL)ASMH-Procure/ASMH/2025/33

އިޢުލާން

އިއުލާނުގެ މުއްދަތު އިތުރުކުރުން

ޑރ. އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ އިންޑަސްޓްރިއަލް ވޮޝިންމެޝިން ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު : (IUL)ASMH-Procure/ASMH/2025/31 އިޢުލާނާއި ގުޅިގެން ދަންނަވަމެވެ.

       އިސްވެ ދެންނެވިފައިވާ އިޢުލާނުގައި ބިޑު ރަޖިސްޓްރީ ކުރުމަށް ދެވިފާ މެއިލް އަށް ދިމާވި މައްސަލައަކާއި ގުޅިގެން ބިޑުގައި ރަޖިސްޓްރީކުރުމުގެ އިތުރުން ބިޑު ހުށަހެޅުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވާތީ ތިރީގައިވާ ގޮތުގެ މަތީން މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ، އެމަސައްކަތް ކުރުމަށް  ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑުގައި ރަޖިސްޓްރީވުމަށް 21 އޭޕްރިލް 2025 ވަނަދުވަހުގެ 13:00  ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންރެޖިސްޓްރޭޝަން ފޯމްހުށަހަޅުއްވުން އެދެމެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން: 24 އޭޕްރިލް 2025، 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި  6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.

އަންދާސީ ހިސާބް ހުށަހެޅުން:  27 އޭޕްރިލް 2025، 11:00 އަށް

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

20 އެޕްރީލް 2025
ހޯދާ