ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑިރެކްޓަރ
އިޢުލާނު
|
|
||
|
މަޤާމު: |
ޑިރެކްޓަރ |
|
|
މަޤާމުގެ ނަންބަރު: |
J-312804 |
|
|
ބޭނުންވާ އަދަދު: |
01 (އެކެއް) |
|
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
|
މަޤާމުގެ ރޭންކު: |
އީ. އެކްސް. 1 |
|
|
މަޤާމުގެ ކްލެސިފިކޭޝަން: |
ޑިރެކްޓަރ |
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އެޑްމިނިސްޓްރޭޓިވް ސެކްޝަން،އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
|
|
|
މުސާރަ: |
-/8835 ރުފިޔާ |
|
|
ސަރވިސް އެލަވަންސް: |
-/2000 ރުފިޔާ |
|
|
އެހެނިހެން އެލަވަންސް: |
|
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ހެލްތް މާސްޓަރ ޕްލޭނާއި، ހެލްތް މިނިސްޓްރީގެ ހެލްތް ސާރވިސަސް ސްޓްރެޓޖިކް ޕްލޭނުގެ މައްޗަށް ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީމަރުކަޒުތަކުގެ ޢަމަލީ މަސައްކަތްރާވާ ހިންގުމާއި ލަނޑުދަނޑިތައް ޙާސިލުވާނޭގޮތަށް ހޮސްޕިޓަލުގެ މަސައްކަތްތައްރާވާ ހިންގުން. 2- ދިވެހި ރާއްޖޭގެ ހެލްތްގެ ޕޮލިސީތަކާ ސިޔާސަތާއި އެއްގޮތަށް އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ރައްޔިތުންނާ ގާތުން ދިނުމަށް ފަންނީ ގޮތުން ޙިދުމަތް ވިލަރެސްކޮށް ފޯރުކޯށްދިނުމަށްޓަކައި ރާވާހިންގަން ޖެހޭ އެކިއެކި ހަރަކާތަށް ހިންގުން. 3- ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްހީ މަރުކަޒުތަކުގެ ޚިދުމަތްތަށް މެދުނުކެނޑި ފޯރުކޮށްދިނުމާއި،އަދި ޙިދުމަތް ރަނގަޅު ކުރުމަށް ދޭންޖެހޭ ފަންނީ މަސްވަރާ އާއި އިރުޝާދު މަރުކަޒުތަށް ހިންގުމާ ހަވާލުވެގެން ތިއްބަވާ ބޭފުޅުންނަށް ދިނުމާއި،ދަތިވާ ކަންކަން ހައްލުކޮށްދިނުން. 4- ހޮސްޕިޓަލާއި، ޞިއްޙީމަރުކަޒުތަކުން ދިނުމަށް މިނިސްޓްރީ އޮފް ހެލްތުން އެމަރުކަޒެއް ގިންތި ކޮށްފައިވާ މިންވަރަށް ކަނޑައަޅާފައިވާ ޚިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތަކަކީ ކޮބާތޯބަލައި އެމައްސަލަތައް ޙައްލުކުރުން. 5- ހޮސްޕިޓަލުގެ އިދާރީ ހިންގުމުގެ އެންމެހާ ކަންތައްތައް ރާވާ ހިންގާ ބެލެހެއްޓުމާއި، އެކުލަވާލާފައިވާ އޮނިގަނޑާ އެއްގޮތަށް މަސައްކަތްތައް ރާވާ މުވައްޒަފުންނާއި މަސައްކަތްތައް ޙަވާލުކުރުމާއި މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުން. 6- ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްހީ މަރުކަޒުތަކުގެ ޚިދުމަތް މެދުނުކެޑި ދިނުމަށް ބޭނުންވާ ވަސީލަތްތަކާ އާލާތްތަށް ފޯރުކޮށްދިނުމާ،ފޯރުކޮށްދޭ ތަކެތީގެ ތެރެއިން މަދުން ބޭނުންކުރެވޭ އަދި އެއްގޮތަކަށްވެސް ބޭނުންނުކުރެވޭ ތަކެތި ދެނެގަނެ އަތޮޅުގެ ސްޓޮކް އިސްރާފު ކުޑަކޮށް މެނޭޖްކުރުމާ،ޒަމާނާއެއްގޮތަށް ޙިދުމަތް ބައްޓަންކޮށް މަރުކަޒުތަކުގެ ވެރިންލައްވާ ކުރުވާ، އެމަސައްކަތްތަށް ހިނގާ ނުހިގާގޮތްބަލާ އެމައުލޫމާތު އިދާރާގެ އެންމެ އިސްފަރާތަށް ގަވާއިދުން ހިއްސާކުރަމުން ދިނުން. 7- ހޮސްޕިޓަލާއި، ޞިއްޙީމަރުކަޒުތަށް ގިންތި ކޮށްފައިވާ މިންވަރަށް ޚިދުމަތް ދިނުމަށް މުވައްޒަފުން ތަމްރީނު ކުރާނޭގޮތުގެ ޕްލޭނެއް އެކުލަވާލާ ތަންފީޒު ކުރުން. 8- ހޮސްޕިޓަލާއި، ޞިއްޙީމަރުކަޒުތަށް ގިންތި ކޮށްފައިވާ މިންވަރަށް ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ދެނެގަނެ މާލިއްޔަތު ގަވާއިދު އަދި ޙިދުމަތާއި ތަކެތި ހޯދުމުގެ އެކިއެކި އުޞޫލު ތަކާއިއެއްގޮތަށް ތަކެއްޗާއި ޙިދުމަތް ހޯދުމަށް އެފަރާތަށް އެހީތެރިކަން ދިނުން. 9- ހޮސްޕިޓަލުން ދެވޭ ސްޕެޝަލިސްޓް ޚިދުމަތްތައް އަތޮޅުތެރޭގެ ރަށްތަކަށް ފޯރުކޮށްދިނުމަށް އައުޓްރީޗް ޕްލޭނެއް އެކުލަވާލާ އެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 10- ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގައި ބޭނުންކުރެވޭ އުޅަނދު ފަހަރާއި އެއްގަމު ވެހިކަލްތަކުން ހަމަޖައްސަވާފައިވާ އުސޫލުތަކާއި އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށް ދިނުން. 11- ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުން ދެވޭ ޙިދުމަތްތަކާއި އެތަންތަނުގެ މަސައްކަތްތައް މޮނިޓަރކޮށް ފީޑްބެކް ދިނުން. 12- ޞިއްޙީ މައްސަލަތަކާއި ގުޅިގެން ދިމާވާ މެޑިކޯލީގަލް ކަންތައްތައް ބަލާ ދިރާސާކޮށް ހައްލުކުރުމާއި، ހުށަހެޅޭ މައްސަލައަކާ ގުޅޭ ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން. 13- ހޮސްޕިޓަލުގެ ތަފާތް ހިސާބުތައް ޤަވާޢިދުން ބެލެހެއްޓުމާއި އެކިއެކި މިނިސްޓްރީ ތަކުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ފޮނުވަންޖެހޭ ރިޕޯޓުތައް ގަވާއިދުން މިނިސްޓްރީ ތަކަށް ފޮނުވުން. 14- ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގެ އިންވެންޓްރީ އާއި ސްޓޮކްތައް ( މެޑިކަލް، ޖެނެރަލް ) ކަނޑައަޅާފައިވާ ގަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން. 15- ދައުލަތުގެ މުދަލާއި ފައިސާ އާ ބެހޭކަންކަން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން. 16- އަހަރީ ބަޖެޓް ފިނާންސް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުމާއި އެއަހަރަކަށް ޚަރަދު ކުރުމަށް ލިބިފައިވާ ބަޖެޓު މެނޭޖް ކުރުމާއި ޚަރަދު ރިޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް މިނިސްޓްރީއަށް ފޮނުވުން. 17- ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީޚިދުމަތްދޭ މަރުކަޒުތަކުގެ މައުލޫމާތުތައް ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކުން އަންގާފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ ބަލަހައްޓައި އެކިއެކި ނިސްޓްރީ ތަކުން އަންގާ އެންގުންތަކާއި އެއްގޮތަށް އަމަލު ކުރެވެމުންދޭތޯ ބަލާ މޮނިޓަރ ކުރުން 18- ދިވެހި ސިވިލްސާރވިސަސްގެ ޤަވާޢިދުތަކާއި ހޮސްޕިޓަލުން ކަޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގެ މުވައްޒަފުންގެ ވަޒީފާއާއި ބެހޭ އެންމެހާ ކަންތައްތައް ކުރުން. 19- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތްތައް ދިވެހި ސިވިލް ސާރވިސަސްގެ ޤަވާޢިދާއި އެއްގޮތަށް ކުރުން. 20- އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން އާއްމު ޞިއްޙަތުގެ ޕްރޮގްރާމްތަކާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގެ މަސައްކަތް ހިނގާނުހިނގާގޮތް ބަލައި މޮނިޓަރ ކުރުން. 21- ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ގުޅިގެން ކާބޯތަކެތި ވިއްކާ ފިހާރަތަކުންދޭ ޚިދުމަތްތައް ކަނޑައަޅާފައިވާ ޞިއްޙީ މިންގަނޑުތަކާ އެއްގޮތައްތޯ ބެލުމަށް އިންސްޕެކްޓް ކުރުމުގެ މަސައްކަތްތައް ތަންފީޒު ކުރުން 22- ސަރުކާރުގެ ސިޔާސަތުތަށް ތަންފީޒުކުރުމަށް ރައީސުލް ޖުމްޙޫރިއްޔާ ކަނޑައަޅާ އައްޔަނުކޮށްފައިވާ ވެރިން އަންގާ އެންގުންތަކަށް ކިޔަމަންވެ އެފަރާތްތަކުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި އެއްބާރުލުންދިނުން 23- ދިމާވާ ޞިއްޙީ އެމެޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން. |
|
|
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ
|
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް
|
||
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
|
||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) މަސައްކަތަށް ބޭނުންވާ ލައިސަންސް
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އޭޕްރިލް 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
|
އިންޓަރވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 27 އޭޕްރިލް 2025 އާއި 10 މެއި 2025 އާއި ދެމެދު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިދާރީ އޮފީހުގައެވެ. |
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6583706އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
||