މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ނަރުދޫ ކައުންސިލުން ކުރިއަށް ގެންދާ " ބޮޑެތިމީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭ ކިލާސް 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 މި ކައުންސިލުން ބޮޑެތިމީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ މަޤުޞަދުގައި 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމަނައިގެން، ށ.ނަރުދޫގައި ދިރިއުޅޭ 18 އަހަރުންމަތީގެ ރައްވެހިންނަށް އަމާޒުކޮށް، އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް، މި އަހަރުގެ މެއިމަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމްގެ ނަން: ބޮޑެތިމީހުންގެ އިނގިރޭސި ކިލާސް 2025
 ތާރީޚް: 01 މެއި 2025 – 31 މެއި 2025
 ޓާރގެޓް އޯޑިއަންސް: ށ.ނަރުދޫގައި ދިރިއުޅޭ 18 އަހަރުންމަތީގެ ރައްވެހިން
 ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚް: 24 އޭޕްރިލް 2025 ވަނަދުވަހު  12:00 ގެ ކުރިން
 ފީ: ހިލޭ
 ޖާގަ: ކުލާހުގައި ޖާގަ އޮތްވަރަކުން ޖާގަދެވޭނެ (ނަރުދޫ ރައްވެހިންގެތެރެއިން އޯލެވެލް ނުހަދާ ފަރާތްތަކާއި، އިނގިރޭސިބަހުން ކިޔަވައިދޭ ކޯހެއްގައި ބައިވެރި ނުވާ ފަރާތްތަކަށް އިސްކަންދެވޭނެ)
މި ޕްރޮގްރާމުގައި ބައިވެރިވާން އެދިވަޑިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. މި ޕްރޮގްރާމާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ((6540049 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. 
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 
 
17 އެޕްރީލް 2025
ހޯދާ